
ކެބިނެޓު އަލުން އެކުލަވާލީ، 10 މިނިސްޓަރުން އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.މިނިސްޓަރުންގެ އިސްތިއުފާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި މިނިސްޓަރުންގެ އަދަދު 15އަށް މަދުކުރައްވައި ކެބިނެޓު އަލުން އެކުލަވާލައްވާފަ އެވެ. އަދި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޭގެ ތެރެއިން 12 މިނިސްޓަރުން ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.