ޚަބަރު
އަދުލު އިންސާފާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: ޑރ. ޖަމީލު
އަދުލު އިންސާފާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. 

އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ.

ޖަމީލް ފާހަގަކުރެއްވި ގޮތުގައި ޝަހުޒާނާއި ލީވާން ޖަލަށް ލުމަށް ހުކުމް ކުރީ، ސީދާ ރައީސް މުއިއްޒުގެ މަސްލަހަތު ހިމެނޭ ކަމެއްގަ އެވެ. އަދި އިންސާފު ދޭ ފަރާތުގެ އިންސާފުވެރިކަން ވެސް ރައްޔިތުންނަށް ފެންނަން ވާނެ ކަމަށާއި ކްރިމިނަލް ކޯޓުގެ މި ހުކުމް އަދުލު އިންސާފުގެ ހުރިހާ މިންގަނޑަކުން ވެސް ގޯސް ކަމަށް ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ އަމަލުތަކުން އަދުލު އިންސާފާމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ،" ޖަމީލް ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު