މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ ނާކާމިޔާބު ވިއަސް ފަހު ހާފުގައި ޖެހި ލަނޑުތަކުން 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސް، ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން ކީލިއަން އެމްބާޕޭ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ފަހުން އޭނާ ވަނީ ލަނޑެއް ޖަހައި ފްެރާންސަށް ކުރި ހޯދައިދީފަ އެވެ.ދެވަނަ ހާފުގައި ވެސް ފްރާންސުން ކުރިއަށް ޖެހިލައިގެން ދިޔައީ މޮރޮކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. މޮރޮކޯގެ އޭރިއާގެ ބޭރުގައި ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި އަށްވަނަ ގޯލެވެ.އޭގެ ހަ މިނެޓް ފަހުން ފްރާންސުން ދެވަނަ ގޯލެއް ކާމިޔާބުކުރިއިރު، މިއީ މޮރޮކޯގެ އޭރިއާގެ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ހަމަލާއަކުން އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ވެސް ފްރާންސަށް ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.މި އަހަރުގެ ސެމީ ފައިނަލްގައި ފްރާންސް ނުކުންނާނީ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.