ޚަބަރު
އައްސޭރި ޖަލު ބަލައި، ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ކަރެކްޝަންސްގެ އޮފިސަރުންތަކެއް: އައްސޭރި ޖަލު ބަލައި، ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ކަރެކްޝަނަލް ސާވިސްއިން ފުލުހުންނާ ގުޅިގެން "އައްސޭރި ޖަލު" ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކަރެކްޝަންސްއިން އެކަން ހާމަކޮށް "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ ފުލުހުންނާ ގުޅިގެން އައްސޭރި ޖަލުގައި މިއަދު ސާޗްް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދާ ކަމަށެވެ.

ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މީގެކުރިން ކަރެކްޝަންސްއިން ވަނީ، ފުލުހުންނާއި ގުޅިގެން މާފުށީ ޖަލުގައިވެސް އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ހުޅުމާލެ ޖަލުގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު