ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ޓޫރިޒަމްގެ ހިސާބުތައް ؛ ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށް
އަބްދުﷲ މައުރޫފް
03 އޯގަސްޓް 2026 - 12:21
0
comments
Tweet
Telegram
މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް ދެލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 220،730 ފަތުރުވެރިން އައިސްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ %17.8 އެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 182،012 ފަތުރުވެރިން އައިއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ %14.7 އެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ:
އިނގިރޭސިވިލާތް - 98،692 (ޖުމްލަ ފަތުރުވެރިންގެ %7.9)
އިޓަލީ - 80،523 (ޖުމްލަ ފަތުރުވެރިންގެ %6.5)
ޖަރުމަނު - 77،455 (ޖުމްލަ ފަތުރުވެރިންގެ %6.2)
ފާހަގަކޮށްލެވޭ ގޮތުގައި، ފެބުރުވަރީ 28ގައި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް އައެވެ. އެއީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބުރުލެއް އެރިއެވެ.
އެއަށްފަހު މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވި އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
ގޮންޖެހުންތަކާ އެކު ވެސް އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވުން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން ގާނޫނަށް އިސްލާހެއް
5 ދުވަސް ކުރިން
0
ލޯކަލް ޓޫރިޒަމުން މުޖުތަމައަށް ކުރާ އަސަރާ ގުޅޭ ދިރާސާއެއް ހަދަނީ
13 ދުވަސް ކުރިން
0
އެއްވެސް ރަށެއް ވިއްކާލަން ނޫޅޭ ކަމަށް އެމްޓީޑީސީން ބުނެފި
27 ދުވަސް ކުރިން
0
25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާޙުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި
32 މިނެޓް ކުރިން
0
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން
0
ކެލާގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން
0
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އަލްއުސްތާޒް އާދަމް ޝަމީމް
2 ގަޑިއިރު ކުރިން
0