ޚަބަރު
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން ގާނޫނަށް އިސްލާހެއް
އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހި ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

މި ބިލުގައިވާ ގޮތުން މިއީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑި ސަބަބެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމެވެ.

މި އިސްލާހާއެކު އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އިސްލާހާއެކު އަހަރަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ

  • އޯވަސީ ޓްރެވަލް އޭޖެންޓުން - 299.3 މިލިއަން ރުފިޔާ
  • ފޮރިން ޓުއާ އޮޕަރޭޓާ - 1.3 ބިލިއަން ރުފިޔާ
މި އިސްލާހާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް މީރާ އިން ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން އަދި މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު