ޚަބަރު
ލޯކަލް ޓޫރިޒަމުން މުޖުތަމައަށް ކުރާ އަސަރާ ގުޅޭ ދިރާސާއެއް ހަދަނީ
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމްއާ ދެމެދު ވަނީ މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިރާސާގެ އެއްބަސްވުމެކެވެ.

ދިރާސާއާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު"ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ދެން ސޮއިކުރެވިފައިވާ އައިޔޫއެމް އިން ކުރިއަށްގެންދާ "އިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަގުފު ފަންޑު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު