ޚަބަރު
އެއްވެސް ރަށެއް ވިއްކާލަން ނޫޅޭ ކަމަށް އެމްޓީޑީސީން ބުނެފި
ރިސޯޓުތައް ތަރައްގީކުރަން އުފައްދާފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ދަށުގައި ހުރި އެއްވެސް ރަށެއް ވިއްކާލަން ނުޅާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 

އެމްޓީޑީސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހދ.ނާގޯށި، ގދ.މަގުއްދުވާ، ބ.ކިހަވައްހުރަވަޅީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުންހުރި އެންމެހާ ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް ވެސް ނިންމާފައިނުވާ ކަމަށެވެ. 

އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.

އެމްޓީޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށެވެ.

އެމްޓީޑީސީން އެ ބަޔާން ނެރުނު އިރު ބައެއް މީޑިއާތަކުން ވަނީ އެކުންފުނީގެ ދަށުގައި އޮތް މަގުއްދުވާ ރަށުގައި ހިންގާ އަޔާޑާ ރިސޯޓު ވިއްކާލުމަށްޓަކައި މަސައްކަތް ކުރާކަމަށް ރިޕޯޓްކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު