ޚަބަރު
ޕީއެންސީގެ ކައުންސިލަރުން ވެސް ލާމަރުކަޒީ ގާނޫނުގެ އިސްލާހާ ދެކޮޅުހަދަން ނަޝީދު ގޮވާލައްވައިފި
ކައުންސިލްތަކުގެ މިލްކިއްޔާތުގައިވާ ބިންތައް ނުވަތަ ތަންތަން ވަޒީރުންގެ މަޖިލީހަށް އަތުލުމުގެ ބާރު ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މިއަދު ހުށަހެޅުމުން، ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުން ވެސް އިދިކޮޅު އެމްޑީޕީއާ އެކު އިހުތިޖާޖަށް ނުކުންނަން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް އެ ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. 

އެ އިސްލާހާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ ބާރުތައް އަމިއްލައަށް ދޫކޮށްލައްވައިގެން ކަމަށާއި އެ ހިތާމަ މިއަދު އެ މެންބަރުން ކުރަމުންދާ ކަމަށެވެ. މިފަހަރު ބާރުތައް ހަނިކުރުމުގެ ދަތުރު ޖެހެނީ ކައުންސިލަރުންނަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު އުއްމީދުކުރަން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑާލާއިރު ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާ އެކު އިހުތިޖާޖު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު