ޚަބަރު
ފިތުނަވެރި ވާހަކަތަކާމެދު ރައްޔިތުން ސަމާލުވުމަށް ރައީސްގެ އިލްތިމާސްއެއް!
އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
ގައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުތަކާ ވަކިން އެ ރަށުގައި ބޭއްވި ޕީއެންސީގެ ފޯރިގަދަ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިިކުފާނަށް އެންމެ މުހިންމީ އަމިއްލަ އެޖެންޑާ ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްކަން ދެއްވަނީ ގައުމަށް ކަމަށް ވިދާޅުވި އެވެ. 

އެކަމަކު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ ފަރާތްތަކުން ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތައް ދެނެގަނެ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންމަ އަޅުގަނޑު މުޅި ރާއްޖޭގެ އެންމެންގެ ކިބައިންވެސް އެދެނީ މިގޮތުގައި ކުރިއަށްދާށޭ. އޭރުން އަޅުގަނޑުމެންގެ ގައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލެވޭނެ. އޭރުން އަޅުގަނޑުމެން އެ ފަނާކުރުމުގެ މަގުން ދާން އުޅޭ އުޅުމަކަށް ޖާގައެއް ނުލިބޭނެ. އޭރުން އަޅުގަނޑުމެންގެ މިނިވަންކަމާއި ގައުމުގެ ސިޔާދަތު ނުރައްކަލަށް ވައްޓާލުމުގެ ޖާގައެއް ނުލިބޭނެ. އޭރުން އަޅުގަނޑުމެންގެ އިގުތިޞާދު އަނެއްކާވެސް އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތެއް ނުދެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އުކުޅަހުގެ ޖަލްސާގައި ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތަކާއި އެ މަނިކުފާނު ވެވަޑައިގެންފައިވާ އަދި މިހާރު ވެސް ވައުދުވެވަޑައިގަންނަވާ ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ހެދި ކުރިމަތިވާ ގޮންޖެހުންތަކާ ވެސް އެކުގަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދާއި ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވަކިން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ފުރިހަމަ ކާމިޔާބީއެއް 2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ފެންނަން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު