
ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ހޯދީ މއ. އަސާސް، އަލްޙާފިޒާ ފާތިމަތު ޝާޔާ ޒާހިރެވެ.މި ފަހުރުވެރި ކާމިޔާބީގެ އިނާމެއްގެ ގޮތުން 17 އަހަރުގެ އެ ޒުވާނާއަށް ވަނީ 170،000 ރިޔާލް ނުވަތަ 7 ލައްކަ ރުފިޔާ ލިބިފަ އެވެ. އުމުރުން ނުވަ އަހަރުގައި ގުރުއާން ހިތުދަސްކުރި ޝާޔާގެ މި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހާ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރި ދަރިވަރަކަށް ހަތަރު ވަނަ ލިބުމަކީ މުޅި ގައުމަށް ވެސް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.މި މުބާރާތުގައި 2022 ވަނަ އަހަރު ރާއްޖޭން ބައިވެރިވި އަހުމަދު ނަބީހު ވަނީ ފައިނަލްގައި ކިޔަވާފަ އެވެ.މީއީ، މެދުނުކެނޑި 46 އަހަރު ބޭއްވި މި ގުރުއާން މުބާރާތުގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ރާއްޖެއަށް ރީތިނަން ހޯދައިދިން ޝާޔާ ވަނީ ބައިނަލްއަގްވާމީ އެހެން ގުރުއާން މުބާރާތްތަކުގައި ވެސް ރާއްޖެއަށް ވަނަ ހޯދައިދީފަ އެވެ.