ބީއެމްއެލްއިން ދެ ސްކޫލެއް ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ދީފި
އަބްދުﷲ މައުރޫފް
25 އޯގަސްޓް 2026 - 10:51
0 comments
ބީއެމްއެލް އިން ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގައި ބޭއްވި އައިސީޓީ ޕްރޮގްރާމްގެ ތެރެއިން.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންހެން ދަރިވަރުންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ވެސް ހިންގަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާ އެކު ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގައި ނިންމާލައިފި އެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ވަނީ:- ށ. ފުނަދޫ ސްކޫލް އަދި އެ އަތޮޅު މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށް ސެޝަންތަކެއް ބާއްވާފައި
- މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށްދީފައިވޭ
މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
މި ހަރަކާތަކީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.
ކިޔުންތެރިންގެ ޝުއޫރު