ޚަބަރު
މަދަނީ އަދުލުގެ ނިޒާމު އިސްލާޙުކުރުމާ ގުޅޭ ގޮތުން މަޝްވަރާއެެއް!
ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އިސްނައިގެން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ ގާޒީން އަދި ބައެއް މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ބާ ކައުންސިލާއި ވަކީލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ. 

ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މަދަނީ އިޖުރާއަތުގެ ގާނޫނު މުރާޖައާކުރުމާއި މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކުރުމެވެ. 

އެގޮތުން، މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެނައުން މުހިންމު އިސްލާހުތަކާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ މުހިންމު ހުށަހެޅުންތައް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށީ 2022 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

އެ ގާނޫނުގައިވާ ކަންކަން މަދަނީ މައްސަލަތައް ބަލައި ހިންގާ ހުރިހާ ކޯޓުތަކުގެ މައްޗަށް ހިނގާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު