ޚަބަރު
ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވޭނީ އެ ރައްޔިތުންގެ ވިކުރާއާ ހަމައިން: ޝާހިދު
އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވޭނީ އެ ރައްޔިތުންގެ ވިކުރާއާ ހަމައިން، ހިޔާލާ މަޝްވަރާގެ ތެރެއިން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް, އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ އިރާދަކުރެއްވިއްޔާ އޯގާތެރި ފުދުންތެރި ދިވެހިރާއްޖެއެއް ހޭރިޔާ ކޮށްދޭނެ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ

‏މިސަރުކާރުގެ ދެއުޅި އެއްނުވާ ސިޔާސަތު ތަކުގެ ސަބަބުން ބާޒާރުން ޑޮލަރު ހުސްވެ ރައްޔިތުންނަށް ދަތިވެއްޖެ ކަމަށާއި ވިޔަފާރިތަކަށް ޓީޓީ ހެދޭނެގޮތެއްނެތި ވިޔަފާރިވެރިންނަށް ދަތިވެއްޖެ ކަމަށެވެ. 

"ޓީމޫ އޯޑަރެއް ކޮށްނުލެވި، ތާށިވެއްޖެ. މިހިސާބަށް ކަންތައްދިޔުމުން ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފެއިލްވެއްޖެކަން ހުރިހާ ރައްޔިތުން ޤަބޫލުކުރޭ. މިހާލަތު ބަދަލު ކުރެވޭނީ އެމްޑީޕީއަށް. އިރާދަކުރެއްވިއްޔާ މި އަޑިގަނޑުން ދިވެހި ރައްޔިތުން ސަލާމަތްކޮށް އަދަށްވުރެ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދައިދޭނަން." އަންނަ ރިޔާސީ އިންތިހާނުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ހޯދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން އަންނަ ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފަ އެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު