ޚަބަރު
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާން ރޯވި ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ބަނދުރުމަތީ ހުންނަ މި ޕެޓްރޯލު ޝެޑުގައި އަލިފާން ރޯވަން ދިމާވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. މައުލޫމާތު ލިބެމުން ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތުމުން، އެ ސަރަހައްދުގެ ގެތައް މިހާރު ވަނީ ހުސްކޮށްފަ އެވެ. އަދި މި ހާދިސާއާ އެކު އެރަށު ސްކޫލުގެ ކިޔެވުން ވެސް މިއަދު ވަނީ ބަންދުކޮށްފަ އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު