ޚަބަރު
މެންބަރު ސިރާޖާއި ލ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމްއަށް ސޮއިކުރައްވައިފި
ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު،، މުއިއްޒު އަދި އަދުރޭއާއެކު
އެމްޑީޕީ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، މިދިޔަ މަހު އެޕާޓީން ވަކިވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މަޖިލީސް މެންބަރު މޫސާ ސިރާޖު އިދިކޮޅު މައި ޕާޓީ، ޕީޕިއެމްއަށް ރޭ ސޮއި ކުރައްވައިފި އެވެ.

މިދިޔަ އޮގަސްޓު މަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ސިރާޖު ގެންދަވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވައި ކެމްޕެއިނުގައި ހަރަކާތްތެރިވަމުންނެވެ.

އޭނާ ރަސްމީކޮށް ޕީޕީއެމާ ރޭ ގުޅިވަޑައިގަތީ ލ. ގަމު އާބާދު ސަރަހައްދުގައި ބޭއްވި މުއިއްޒުގެ ކެމްޕެއިނު ޖަލްސާގަ އެވެ. މި ޖަލްސާގައި ސިރާޖު ވަނީ މެންބަޝިޕް ފޯމު މުއިއްޒާއި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އާ ހަވާލުކުރައްވައިފަ އެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ސިރާޖު ކާމިޔާބު ކުރައްވާފައިވަނީ އަދުރޭ އާ ވާދަކޮށެވެ.

ސިރާޖު ޕީޕީއެމާ ގުޅިވަޑައިގަތުމާ އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލް ކުރާ މަޖިލިސް މެންބަރުންގެ އަދަދަކީ ހަތެކެވެ. އަދި، ލ. އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ދެ ދާއިރާގައި ތިއްބަވާނީ އިދިކޮޅު މެންބަރުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ކުރި ހޯއްދެވި 17 އަތޮޅުގެ ތެރެއިން އެންމެ ބޮޑު ފަރަގެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތީ ކ. އަތޮޅާއި ލ. އަތޮޅުންނެވެ. އެގޮތުން ލ. ގެ ނަތީޖާގައި ދެ ކެންޑިޑޭޓުންގެ ދެމެދު 1،200އެއްހާ ވޯޓުގެ ފަރަގެއް އުޅެ އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު