
ޗައިނާ-މޯލްޑިވްސް އިންވެސްޓުމެންޓު ކޯޕަރޭޝަން ފޯރަމް އިފްތިތާހު ކުރުމަށް މިއަދު ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ އާ ތަސައްވުރަކަށް ރާއްޖެ ދަތުރު ކުރަމުން އަންނައިރު، އެކަން ހާސިލްކުރުމަށް އިގްތިސޯދު ޑައިވަސިފައިކޮށް އިންވެސްޓަރުންނާ އެކު ގުޅުން ގާއިމުކުރަން ޖެހޭ ކަމަށެވެ.ދިވެހި އުފެއްދުންތަކާއި މަހުގެ ބާވަތްތަކަށް ޗައިނާގެ މާކެޓުގައި ފުރުސަތު އޮތްކަން ފާހަގަކުރައްވައި، ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސް ގޮވާލެއްވިއެވެ.