ޚަބަރު
ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީއަށް
ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން، ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް މިއަދު ފުރާވަޑައިގެންފި އެވެ. 

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ކޮޕް31 ސަމިޓުގައި ރައީސް މުއިއްޒު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނެ ކަމަށާއި މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެެރިވެވަަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ސަމިޓުގައި ބައިވެރިވެވަޑއިގަންނަވާ އެހެން ގައުމުތަކުގެ ވެރިންނާ އެކު ވެސް ރައީސް ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތައް ހަލުވިކުރަން ބޭރުގެ ލީޑަރުންނާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ޔޫއެންއެފްސީސީސީ) ގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު