
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުމެވެ.ރައީސް މި ކެމްޕެއިން ފެއްޓެވުމަށް ނިންމަވާފައި ވަނީ ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މީގެ ކުރިން ދިވެހިންގެ އަމިއްލަވަންތަކަން ނެތެމުންދާން ފަށާފައިވީ ނަމަވެސް، މި ސަރުކާރުން ގައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީ، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.ފާހަގަކޮށްލެވޭ ގޮތުގައޮ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިސްކޮށް ހިންގާ މި މަޝްރޫޢުގެ ދަށުން، ދިވެހިންގެ ތެރޭގައި ކުރިން އޮތް އިޙުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.