
'ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު އިސްމާއިލް އެވެ.އިއްޔެ ހުށަހެޅި މި މި ބިލުގެ މަގުސަދެއްގެ ގޮތުގައި އޮތީ، ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމާއި މުޖުތަމައުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމުކުރުމެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަޖިލީހަށް އިއްޔެ ހުށަހެޅި ބިލުތަކަކީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާކަން މި ބިލުތަކުން ސާފުވާ ކަމަށެވެ.އެގޮތުން ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް ރިއަލް އެސްޓޭޓު ބިލުގައި ހިމަނާފައިވާ ކަމަށާއި ރަސްމާލެއާ ގުޅޭ ރެފަރެންޑަމަކަށް ގޮސްފިނަމަ ބޮޑުތަނުން ބަލިވާނެކަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާއިރު، އެފަދަ ވޯޓަކަށް ގޮވާލުމަށް ވެސް ކެރިވަޑައިނުގެންނެވިީ އެހެންވެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ."އަބުރުގެ ބިލަކީ މި ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލައި ސަރުކާރާ ދެކޮޅު އަޑުތައް އެއްކޮށް ކަނޑުވާލުމަށް ހުށަހެޅި ބިލެއް،" ފައްޔާޒު ވިދާޅުވި އެވެ.މި ބިލުގައިވާ ގޮތުން ދެ މީހެއްގެ ދެމެދުގައި މިފަދަ ވާހަކައެއް ދެކެވި އެ ވާހަކައެއް ތިންވަަނަ ފަރާތަކަށް ހާމަނުވެ، އޮންނަ ހާލަތުގައި މި ގާނޫނެއް ނުހިނގާނެ އެވެ. އެކަމަކު އާންމުންނާ ހަމައަށް އެ ވާހަކަތައް ފެތުރިއްޖަ ނަމަ، އަބުރުގެ ދައުވާ ކުރެވޭނެ އެވެ.މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރެވިދާނެ އުސޫލުތަކެއް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، އަބުރާ ބެހެވޭ ހާލަތުގައި އެކަންކުރި މީހަކަށް އެކަން ރައްދުވާ މީހާގެ ފަރާތުން އެކަން ހައްލުކުރަން ހަތް ދުވަހުގެ ނޯޓިހެއް ދެވިދާނެ އެވެ. އެ މުއްދަތުގައި އެކަމަށް ހައްލެއް ހޯދަން ޖަވާބެއް ނުލިބިއްޖެ ނަމަ، ކޯޓަށް މައްސަލަ ހުށަހެޅިދާނެ އެވެ.މައްސަލަ ހިފައިގެން ކޯޓަށްދާ ނަމަ، އެއް އަހަރުދުވަހުގެ ތެރޭގައި އެ ދައުވާއެއް ކުރަން އަދި މައްސަލަ ހުށަހަޅާތާ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ޝަރީއަތުން އެކަމަށް ގޮތެއް ނިންމަން ބިލުގައި ބަޔާންކޮށްފައިވެ އެވެ.އަބުރުގެ ކުށް ސާބިތުވާ ހާލަތުގައި: