ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގެ ރައްކާތެރިކަމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް މުހިއްމު: ރައީސް
ހުނައިދާ ޔާސިރު
12 ނޮވެމްބަރ 2026 - 12:13
0
comments
Tweet
Telegram
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މޫސުމާއި ގުޅޭގޮތުން ދުރާލާ އިންޒާރުދޭ ނިޒާމުތައް ވަރަށް މުހިއްމުކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި ގުޅޭގޮތުން ކޮޕް 31 ސަމިޓުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެފަދަ ޤައުމަކަށް މޫސުމާއި ގުޅޭގޮތުން ދުރާލާ އިންޒާރުދޭ ނިޒާމުތަކުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ދުރާލާ އިންޒާރުދޭ ނިޒާމުތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި މުޖްތަމަޢުގެ ރައްކާތެރިކަމަށް ވަރަށް މުހިއްމު ނިޒާމެއްކަމަށެވެެ.
"ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމާއި ފެންބޮޑުވުންފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިންފްރާސްޓްރަކްޗަރއާއި ފަތުރުވެރިކަމާއި މަސްވެރިކަމަށް ނުރައްކާ ދަނީ ބޮޑުވަމުން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ މޫސުމީ މާލީ އެހީތެރިކަން ހޯދައި، އޭގެ ފައިދާ ފޯރުކޮށްދިނުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރެވެ.
ކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވަމުން، މޫސުމީ އަމާޒުތައް ނަތީޖާ ފެންނަނިވި ކުރިއެރުންތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ސިޔާސީ ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް އެ ގައުމުތަކުގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރުދޭ ބައިނަލްއަގުވާމީ ނިޒާމަކަށްވެސް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާފާއި، ޒިންމާދާރުކަމާއި އަމަލީ މަސައްކަތްތަކަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަގުވާމީ ޒިންމާތަކާއި ވަޢުދުތައް ފުއްދުމުގެ ތެރެއިން، މަލްޓިލެޓަރަލިޒަމްގެ ސަބަބުން މާނަހުރި ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކޮޕް-31 ގެ ބައިވެރިންނަށް ގޮވާލެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވައިފި
7 ދުވަސް ކުރިން
0
އަބުރުގެ ބިލުގެ ބޭނުމަކީ ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުން: ފައްޔާޒު
7 ދުވަސް ކުރިން
0
މި ވެރިކަމުގެ ތިން އަހަރުން ރައްޔިތަކަށް ވީކަމެއް ނެތް: ގަފޫރު
7 ދުވަސް ކުރިން
0
ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީއަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
16 ގަޑިއިރު ކުރިން
0
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި
16 ގަޑިއިރު ކުރިން
0
އެސްޓީއޯ ރަމަޒާން ބާޒާރު 2027 ފަށައިފި
16 ގަޑިއިރު ކުރިން
0
އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި
16 ގަޑިއިރު ކުރިން
0