ރިޕޯޓް
އަހަރެންގެ ދަރިފުޅު ހަމަ ކިޔަވާހިތް ނުވަނީ، ދެން ކީއްކުރާނީ
އަހަރެންގެ ދަރިފުޅު ހަމަ ކިޔަވާހިތް ނުވަނީ އޭ ބުނެ ގިނަ ބެލެނިވެރިން ޝަކުވާ ކުރާތަން ފެނެއެވެ. ހަގީގަތަކީ ކޮންމެ ބެލެނިވެރިޔަކުވެސް އެ މީހެއްގެ ދަރިފުޅު ރަނގަޅައް ކިޔަވައިގެން މޮޅު ކުއްޖަކަށް ވާން ބޭނުންވާނެއެވެ. އެގޮތުން ބެލެނިވެރިން އެކަމަށް ވެވެންހުރި ހުރިހާ ގުރުބާނީއެއް ވެސް ވަމުން ގެންދެއެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން ތައުލީމު އުނގެބޭށޭ ބުނާ އަޑު އަހަރެމެންވެސް އަހަމުއެވެ. އެހެން ކަމުން އިލްމަކީ ވަކި އުމުރެއްގެ މީހަކަށް ހާއްސަ އެއްޗެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކު ކިޔަވަން ބޭނުންވާ އެއްޗެއް ނުވަތަ އެމީހަކު ދާން ބޭނުން ދާއިރާއަކުން ކުރިޔައް ދިއުމުގެ ފުރުސަތު އޮތީ ތަނަވަސްވެފައެވެ. އެންމެ ފުރަތަމަ އަހަރެމެންގެ ދަރިން ކިޔެވުމުގެ މަރުހަލާ ރަސްމީކޮށް މި ފަށައިގަންނަނީ ބޭބީ ނާސަރީ އިންނެވެ. އޭގެ ފަހުން ގޮސް ޕްރައިމަރީ ގްރޭޑްތައް ނިންމައި ކިޔެވުމާއިގެން ހަރުފަތަކަށް ފަހު ހަރު ފަތެއް ގިރާ ކުރަމުން ގޮސް ގްރޭޑް 10 ނިންމާ އޯލެވެލް ހެދުމަށްފަހު ގްރޭޑް 11 އަދި 12 އާހަމައަށްވެސް ދެއެވެ. ނަމަވެސް އަހަރެމެން ވިސްނާލަންވީ ކޮންމެ ކުއްޖަކު މިހުރިހާ ހަރުފަތެއް ގިރައެއް ނުކުރާނެއެވެ. ބައެއް ކުދިން ވަކިހިސާބަކަށް ކިޔެވުމަށްފަހު ކިޔެވުން އިތުރައް ކުރިޔައް ނުގެންގޮސް ހުއްޓާލާތަން އާދެއެވެ. ކަން މިހެން ހުންނައިރު، އިތުރަށް ކުރިޔައް ނުދަނީ ކިޔެވުންމަތިން ފޫހިވެ ކިޔަވާހިއް ނުވާތީކަމަށެވެ. އެފަދަ ކުދިން ކިޔެވުންމަތިން ފޫހިވެ ކިޔަވަން ބޭނުން ނުވާން ދިމާވާ ވަރަށް ގިނަ ސަބަަބުތައް ހުރެއެވެ. އެގޮތުން ކޮލަމްބިއާގެ މަސްހޫރު ޔުނިވާސިޓީއެއް ކަމުގައިވާ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން އެފަދަ ކުދިން ކިޔެވުމް މަތިން ފޫހި ނުވެ ޝައުގެވެރި ކަމާއިއެކު ކިޔެވުމާއިގެން ކުރިޔަށް ދެވޭނެ ގޮތްތަކާއި އެ ހާލަތުގައި މަސައްކަތް ކުރަން ޖެހޭނެގޮތްތައް ހޯދާ ދިރާސާއެއް ވަނީ ކޮށްފައެވެ. އެގޮތުން މި ޔުނިވާސިޓީގެ ޕްރޮފެސަރަކު ބުނެފައިވާ ގޮތުގައި ކިޔެވުން މަތިން ފޫހިވެ ކިޔަވަން ބޭނުންނުވެ އެކަން ހުއްޓާލާ ކުދިން ކިޔެވުމުން ކުރިޔައް ދިއުމަށް އެހީތެރިކަން ހޯދުމަށް ކުއްޖާ އާއި އެކު އެކުއްޖާގެ ބެލެނިވެރިންވެސް އަދި މުދައްރިސްގެ ދައުރުވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އެގޮތުން އާންމު ގޮތެއްގައި ކުދިން ކިޔެވުން މަތިން ފޫހިވާން މެދުވެރިވާ މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެކުދިންނަށް ކިޔެވުމަށް މާބޮޑަށް ޕްރެޝަރ ކޮށް މަޖުބޫރު ކުރުމެވެ. އެ ގޮތުން އަބަދު އަބަދު ކިޔަވަން ބުނުމާއި، މޮޅަށް ކިޔަވާ ކުދިންނާ އެއްްފަދަކޮށް ވާހަކަ ދައްކަން ފެށުމުން ކުދިން ކިޔަވަން ފޫހިވެ ކިޔެވުމާއި ދުރަށްދާކަމަށް އޭނާ ބުނެފައިވެއެވެ. ސަބަބަކަށްވަނީ އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކި ވަރަށް ކަމުގައި ވީ ހިނދު އެހެން ކުދިންނާ އަޅާކިޔާ ހެދުމުން ކުއްޖާ އަށް ކުރެވެނީ މުޅިން އެހެން ތަސައްވުރެކެވެ. މީގެ އިތުރުން އެކި ކުދިން ކިޔަވަން ބޭނުން ކުރާނީ އެކި އުކުޅު ތަކެވެ. އެ ގޮތުން ބައެއް ކުދިންނަކީ ވަރަށް ހަމަ ހިމޭން މާހައުލެއްގައި ކިޔަަވަން ބޭނުންވާ ކުދިންނެވެ. އަނެއް ބައި ކުދިންނަކީ އަޑު ގަދަ ހަމަ އެހެންމެ ސަކަރާތް ޖެހުމާއި އެކު ކިިޔަވާ ކުދިންނެވެ. އަދި ހަމަ އެހެންމެ ލަވަ ޖަހައިގެން އޮވެ ކިޔަވާ ފިލާވަޅުތައް ހަދަން ފަސޭހަ ކުދިންވެސް އުޅެއެވެ. މިފަދަ ކުދިން ކިޔަވަން އެ ބޭނުން ކުރާ ގޮތް ގިނަ ފަހަރު ބެލެނެވެރިންނަށް ކަމުނދާ ގޮތް މެދުވެރިވެއެވެ. މިސާލަކަށް ކިޔަވާ އިރު ބާރަށް މަންމަ ނޫނީ ބައްޕައަށް އަޑު ނީވޭ ވަރަށް ކިޔަވާނަމަ ކިޔަވާ ކަމަށް ނުވެއެވެ. ކިޔަވާ ކަމަށް ބެލެވެނީ ބާރަށް އެމީހުނަށް އަޑު އިވޭ ވަރަށް ކިޔެވުމުންނެވެ. އޭރުން ހަގީގަތުގައި އެއްކަލަ ކުއްޖާއަށް އެއްވެސް އެ ކިޔެވި އެއްޗަކުން އެއްވެސް އެއްޗެއް ފަހުމް ވެގެނެއް ނުދާނެއެވެ. އޭރުން އަނެއްކާވެސް އެކުއްޖާ ދާނީ ކިޔެވުން މަތިން ފޫހިވަމުންނެވެ. ދެން އޮތް އެންމެ ބޮޑު އެއްމައްސަލައަކީ އަބަދު ކިޔަވަން ބުނުމެވެ. އަބަދު އަބަދު ކިޔަވަން ބުނާ ނަމަ ކިޔަވާހިތް ވުމުގެ ބަދަލުގައި ދާނީ ކިޔެވުމާއި ދުރަށެވެ. ކުރިންވެސް ދެންނެވުނު ފަދައިން ކުއްޖާ ކިޔެވުމަށް ޝައުގުވެރި ކުރުމުގައި އެންމެ މުހިންމު ދައުރެއް ކުޅެން ޖެހޭނެ ފަރާތަކީ ކުއްޖާގެ ބެެލެނެވެރިންނާއި މުދައްރިސުންނެވެ. އެ ގޮތުން ދަރިފުޅުގެ ކިބައިން ކިޔެވުމަށް ފޫހިވުމުގެ އަލާމާތްތަކެއް ފެންނަހެން ހީވާނަމަ ދަރިފުޅާ ވާހަކަ ދައްކާލުން ވަރަށް މުހިންމެވެ. އެ ގޮތުން ހުރި މައްސަލަތައް އަޑުއަހައި ކިޔެވުމުގައި ކުރިޔަށްދާން ހިތްވަރުދެވިދާނެއެވެ. އަދި ކުލާހުގައި ނަގާ ޓެސްޓްތަކުން ދައްވުމުން ހަޅޭއްނުލަވާ، އެއަށްވުރެ ރީއްޗަށް ވާހަކަދައްކައި، އެ ކުއްޖާއަށް އިތުރަށް އަދި މަސައްކަތް ކުރެވޭނެ ކަމާއި އެހެން ނަގާ ޓެސްތަކުން ދަށްވުމަކީ އެއީ އަދި "ފެއިލް" ވޫން ނޫންކަން ކުއްޖާއަށް ވިސްނައިދެވިދާނެއެވެ. އޭރުން އެ ކުއްޖާ އަމިއްލަޔަށްވެސް ކިޔެވުމަށް މަސައްކަތް ކުރާނެއެވެ. ދަރިވަރު އަމިއްލަޔަށް ކުރެވިދާނެ ކަންތަކަށް ބަލާއިރު ވަކި ވަކި މާއްދާތަކަށް ގަޑި ކަޑައަޅައި ކިޔެވުމަށް މަސައްކަތް ކުރެވިދާނެއެވެ. އެ ގޮތުން ހުރިހާ މާއްދާއެއް އެއް ވަގުތެއްގައި ކިޔަވަން އުޅުމަށްވުރެ އެހެން ކިޔަވަން ފެށުުމުން ކިޔަވާ އެއްޗެހި އަވަހަަށް ފަހުމުވެ އެނގިގެންދާނެއެވެ. އެގޮތުން ވަކި މާއްދާއަކަށް ދަށް ވާހެން ހީވާނަމަ އެ މާއްދާއަށް ދޭ ވަގުުތު އިތުރުކޮށް ޝެޑިއުލްކޮށްގެން ކިޔެވުން ކުރިޔަށް ގެނދެވިދާނެއެވެ. ގިނަ ބެލެނިވެރިން ދަރިވަރުގެ ކިޔެވުމުގެ މިންގަނޑު ވަޒަން ކުރަނީ އެކުދިން ސްކޫލު އިމްހީނުން ގެންނަ ގްރޭޑް ތަކުންންވެ. ގްރޭޑަށް އިސްކަން ދިގެން އެގޮތަށް ވިސްނުން ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް ތަފާތު ހުނަރާއި މައުލޫމާތު ހުރެއެވެ. ނަމަވެސް އެކަމުގެ ބޭނުން ހިފާކަށް ރަނގަޅަކަށް ނޭނގެއެވެ. އެހެން ކަމުންއެ ދަރިވަރާއި މެދު ގޮތް ކަނޑައެޅުމުގައި، ދަރިވަރުގެ އަތުގައި އޮންނަ ފާހަށްވުރެ އަމަލީގޮތުން އޭނާ ދައްކާ ނަތީޖާ ބެލާ އެކަމަށް އިސްކަންދީ ކުއްޖާއަށް އިތުރަށް ކުރިޔައް ދިއުމަށް މަސައްކަތް ކޮށްދިނުން ބުއްދިވެރި ނޫންތޯއެވެ.
ކިޔުންތެރިންގެ ޝުއޫރު
60%
27%
7%
7%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު