ތިނަދޫއަށް ބޯކޮށް ވާރޭ ވެހެމުންދަނީ
މުޙައްމަދު އަފްރާޙް
25 ޖެނުއަރީ 2020 - 16:12
0 comments
ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހެމުން އެބަދެއެވެ.
ހޯރައޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އެރަށުގެ މަގުތަކުގައި މިހާރު ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސައުތަން އޭރިޔާއިން ވަނީ ކޮށްފައެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރުން އެކަނށީގެންވާ ކަމަށާއި ބައެއް ހިސާބުތަކަށް ވައި ގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.
އެ އިދާރާއިން ވަނީ ގދ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.
ކިޔުންތެރިންގެ ޝުއޫރު