
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 22ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމެޓީން މައްސަލަ ބެލުމަށްފަހު، ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމެޓީން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމެޓީ އެކުލަވާލި ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން އަންނަނީ ގިނަ އަދަދެއްގެ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.