
ރައީސް އޮފީހުން ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 16:45 ގައި ކަމަށެވެ. އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، މި ވަގުތަކީ ކޮވިޑުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ، އެތައް ގައުމެއްގައި އެކަމަށް ރައްކާތެރިވުމަށް އެކި މިންގަނޑުގައި ފިޔަވަޅުތައް އަޅާފައިވާ ވަގުތެކެވެ.ރާއްޖެިން ކޮވިޑަށް ޕޮސިޓިވް 13 މީހުން ރާެއްޖޭން ފެނިފައިވާ އިރު އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.