ޚަބަރު
ގެސްޓުހައުސްއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ފޮޓޯ: މީސްމީޑިއާ
ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކުމަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

ފުލުހުން ބުނީ މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީސްއމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ނިޔާވެފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދަން އެންބިއުލެންސަށް އެރުވިއިރު އެކަމުގައި ހަރަކާތްތެރިވި މީހުން ތިބީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ހެދުން ލައިގެންނެވެ.

 މަގުމަތީގައި ފުލުހުންގެ ޔުނީފޯމްގައި ތިބި މީހުންވެސް ތިބީ މާސްކް އަޅައިގެންނެވެ. ނަމަވެސް ނިޔާވި މީހަކީ ކޮވިޑް-19 އާއި ގުޅުން ހުރި މީހެއް ކަމެއް ނުވަތަ ނޫންކަމެއް އެއްވެސް ފަރާތަކަުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ޝުއޫރު
67%
0%
0%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު