ޚަބަރު
އަނެއްކާވެސް އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އަނެއްކާވެސް އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 12 އަަށް އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. މިއަދު ކުރިން ޕޮޒިޓިވްވެފައި ވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއްގެ އިތުރުން ޕާކިސްތާނު މީހެކެވެ.

އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. 

އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ސިފައިންގެ މީހުން ހިމެނޭކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ބުނެފައެވެ.

މާލޭގައި އެއްތަނެއްގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެތަންތަނަށް އެންއީއޯސީގެ ޓިމްތައް ގޮސް ބިދޭސީންގެ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އަންނަކަމަށާ، އެގޮތަށް ނަގާ ސާމްޕަލްތަކުންވެސް ބިދޭސީން މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުން ކޮވިޑް19 ގެ ކޭހެއް މިމަހުގެ 15 ވަނަ ދުވަހު ފެނުމުން މާލެ ސަރަހައްދުގައި ވަނީ 14 ދުވަހުގެ ލޮކްޑައުން އެއް އިއުލާނުކޮށްފައެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު