
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން އަބްދުﷲ އަކީ މުޖުތަމައު އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ރައީސް ސޯލިހު ވަނީ ދުއާ ކުރައްވާފައެވެ.މަރޮށީ ޙުސައިން ކަލޭފާނަކީ، މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއެވެ. ތަޢުލިމީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންވެސް އެމަނިކުފާނު ވަނީ އުފަން ރަށް މަރޮށްޓަށް ގިނަގުނަ ހޭދަތަކެއް ކުރައްވާފައެވެ. މަރޮށީ ޙުސައިން ޢަބްދުﷲ އަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.