
މިއަދު މެންދުރު 13:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެވެ.މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ. މީ ފަނޑިޔާރުން ކޯޓަށް ހާޒިރުވެޑައިނުގެން އޮންލައިންކޮށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖީލެހެވެ.މި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދަޢުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދަޢުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ޤާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީޢަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީޢަތުގެ މަޖިލީހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީޢަތް ލައިވްކޮށްފައެއް ނުވެއެވެ.