ޚަބަރު
ހުއްދަ ނެތި މާސްކްގައި ސްކޫލް ބެޖު ޖަހައިގެން ނުވިއްކޭނެ: މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ފޭސް މާސްކުތަކުގައި ސްކޫލުތަކުގެ ބެޖު ޖަހައިގެން ނުވިއްކުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކަށް ހާއްސަކޮށްފައިވާ ބެޖުތަކަކީ އެ މިނިސްޓްރީގެ މުދަލެއް ކަމަށެވެ. އެހެން ކަމުން އެއްވެސް ބޭނުމެއްގައި އެ ބެޖުތައް ބޭނުންކުރާ ނަމަ މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ. 

ނަމަވެސް މިހާރަކަށް އައިސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތިބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫން ވެސް ކަންކަމުގައި ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުން ކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖުޖަހައިގެން ވިއްކަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަަމަށެވެ.

ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫން ވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ބައެއް ފަރާތްތަކުން ސްކޫލް ކުދިންނަށް ބޭނުންވާ މާސްކު ކަމަށް ބުނެ އެކި ސްކޫލްތަކުގެ ބެޖު ޖަހައިގެން މާސްކް ތައްޔާރުކޮށްގެން ދަނީ ވިއްކަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު