ޚަބަރު
ގާޒީ ބާރީ މާލީ ބަޔާނަށް މަކަރުހެދި ކަމުގެ ތުހުމަތު
ގާޒީ، އަބްދުލް ބާރީ ޔޫސުފް -- ފޮޓޯ: އަވަސް
ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެދި މައްސަލައެއް ބަލަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ގާޟީ ވިޔަފާރިކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައިނުވާކަމުގެ މައްސަލައެއް ތަހުޤީގުކުރުމަށް ކޮމިޝަނުން ނިނަހުގެ 8 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ.

ގާޒީ ބާރީ އަކީ ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ގާޒީއެކެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނަވަނިކޮށް، ޖުލައި 2017 ވަނަ އަހަރު އެވެ.

ޖޭއެސްސީން އޭރު ބުނެފައި ވަނީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުން އެ ކޮމިޝަނުގައި އެދިގެން ކަމަށެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަދުވަހު ވަނީ ގާޟީ އަބްދުލްބާރީ ޔޫސުފް ވަނީ ސަސްޕެންޑްކޮށްފައެވެ. އެނާ ސަސްޕެންޑްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާއެއް ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭކަމަށް ކުރެވޭ ތުހުމތުގެ މައްސަލަގެ ތަހުޤީގުގައިކަމަށް ޖޭއެސްސީން ކުރިން ވަނީ ހާމަކުރައްވާފައެވެ.

ކުރިން ކްރިމިނަލްކޯޓްގެ އިސް ގާޟީކަންވެސް ކުރައްވާފައިވާ އަބްދުލްބާރީ ޔޫސުފް ވަނީ އެކޯޓުން ބެލި ސިޔާސީ ގިނަ ބޭފުޅުންގެ ބޮޑެތި މައްސަލަތައް ނިންމަވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު