ދިވެހި މިއުޒީޝަނުންގެ ޖަމިއްޔާއެއް އުފައްދައިފި
އިސްމާއިލް ރިޒާ
23 ޖުލައި 2020 - 20:35
0 comments

"މިއުޒީޝަންސް އޮފް މޯލްޑިވްސް" ގެ ނަމުގައި ދިވެހި ދިވެހި މިއުޒީޝަނުންގެ ޖަމިއްޔާއެއް އުފައްދައިފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ދިވެހި މިއުޒީޝަނުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ އެ ދާއިރާގެ ފަންނާނުންގެ ކަންކަން ބެލުމަށް އެކުލަވައިލިި އެ ޖަމިއްޔާ މިހާރު ރެޖިސްޓްރީ ކޮށްފައި ވާނެ ކަމަށެވެ،އަދި ވިދާޅުވީ އެ ޖަމިއްޔާ އަކީ ރާއްޖޭގެ މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހައްގުތަކުގައި މަސައްކަތް ކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި އެ ޖަމިއްޔާ އާއި ގުޅިގެން މިއުޒީޝަނުންގެ ކަންކަމާއި އެމީހުންގެ ޝަކުވާތައް ކުރިއަށް އޮތް ތަނުގައި ގާތުން ބަލައި އެމީހުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ކަމަށެވެ. "އެ ޖަމިއްޔާ އާއި ގުޅިގެން މިއުޒީޝަނުންގެ ކަންކަމާއި އެމީހުންގެ ޝަކުވާތައް ކުރިއަށް އޮތް ތަނުގައި ގާތުން ބަލައި އެމީހުންގެ ހައްގުގައި މަސައްކަތް ކޮށްދޭނަން"، މަހްލޫފް ވިދާޅުވިއެވެ.ރާއްޖޭގައި މިއުޒީޝަނުންނަށް ހާއްސަ ޖަމިއްޔާއެއް އުފެއްދިއިރު، މީގެ ކުރިން އެ މިއުޒީޝަނުންވެސް މަސައްކަތްކޮށްފައި ވަނީ ދިވެހި ފިލްމް އެސޯސިއޭޝަންގެ ނަމުގައި ހިންގަމުންދާ ޖަމިއްޔާއެއްގައެވެ. އެ ޖަމިއްޔާއަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްކޮށްގެން، އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online