ވިޔަފާރި
މިނިވަން ދުވަހު ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު
މިނިވަން ދުވަހާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ ކޮންޓެސްޓުގެ ޕްރޮމޯޝަނަލް ފޮޓޯ -- ފޮޓޯ؛ ދިރާގު
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންސްޓެކްސް މިނީ 12 ކެމެރާއެއް ލިބޭ ސޯޝަލް މީޑިއާ މުބާރާތެއް ފަށައިފި އެވެ.

އެ ހަރަކާތުގައި ބައިވެރިވެގެން ގުރުވަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ލިބެ އެވެ.

ދިރާގުން ބުނީ އެ ކޮންޓެސްޓް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުން ކަމަށާއި ކޮންމެ ފަރާތަކުންވެސް މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ފޮޓޯ ހިއްސާކުރަން ޖެހޭނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި Minivan26# ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހު އެވެ.

މުބާރާތުގެ ތެރެއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސްގެ ތެރެއިން ކޮންމެ ޕްލެޓްފޯމަކުންވެސް އެއް ނަސީބުވެރިއަކު ހޮވިގެންދާނެ އެވެ. އަދި އިނާމެއްގެ ގޮތުގައި ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއްވެސް ލިބިގެންދާނެ އެވެ.

އޭގެއިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފްތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75ރ. އަށް 100 ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު