ޚަބަރު
މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް އެބަހުރި: ޑިފެންސް މިނިސްޓްރީ
ކެމިކަލް ގުދަންކޮށް، ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރަނީ.-- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މި މައުލޫމާތު ހާމަކޮށްފައި މިވަނީ "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެ މިނިސްޓްރީގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު އެވެ.

ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނުގެ ތެރޭގައި ހިމެނެނީ ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަ އެކެވެ. 

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން އޮޕަރޭޝަނެއް ފެށީ މާލޭގައި ނުރައްކާތެރި ކެމިކަލް ރައްކާތެރި ކަމެއް ނެތް ގޮތަށް ގުދަންކުރާ ކަމަށް ބުނެ ބައެއް އާންމުން ސޯޝަލްމީޑިއާގައި ކަންބޮޑުވުންތަކެއް ހިއްސާކުރި ފަހުންނެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން ސަރުކާރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ އަށް ފަހު އެވެ. އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި މީހުން ދިރިއުޅޭ ހަ ގެއެއް އަނދާ ހުލިވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު