ޚަބަރު
އެއާޕޯޓު ވަގު ސިނގިރޭޓު ނެޓްވޯކުގައި ހިމެނޭ ސިފައިންގެ މީހަކު ހައްޔަރުކޮށްފި
އެއާޕޯޓުން ސިނގިރޭޓު ނެރެން އުޅުނު މައްސަލަ: ޒުވާނަކު 10 ދުވަހަށް ބަންދުކޮށްފި- ޕޮޓޯ/ފުލުހުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އޭނަގެ ބަންދަށް މިއަދު 10 ދުވަސް ޖަހައިފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އައިހަމް 23، ގަސްކަރަ، ނ. ވެލިދޫ ކަމަށެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސިފައިންގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެއާޕޯޓު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ. އޭގެތެރެއިން ޔޫސުފް ނަޒީރުއަކީ ފުލުހެކެވެ.

ނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު