ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދެވަނަ ފިޔަވަހީގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް
އަލީ ރާޒީ
25 ޖެނުއަރީ 2022 - 11:07
0
comments
Tweet
Telegram
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ސެންޓަރެއް، ހުޅުމާލޭ ދެ ވަނަ ފިޔަވަހީ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ހުޅުވައިފި އެވެ.
އެޗްޕީއޭ އިން ބުނީ އާ ސާމްޕަލް ކަލެކްޝަން ސެންޓަރު ހުޅުވާނީ މިއަދު މެންދުރުފަހު 3:30 ގައި ކަމަށެވެ. އެތަން ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި، އެޗް 8 ޓަވަރު ކައިރީ އެވެ. އެތަނުން 3:30 އިން 6:30 އަށް ސާމްޕަލް ނަގައިދޭނެ އެވެ.
އެޗްޕީއޭއިން މީގެ ކުރިން ވަނީ ހެންވޭރު ދަނޑުގައި ވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެތަނުން ހަވީރު ތިނަކުން ހަޔަކަށް ސާމްޕަލް ނަގައިދެ އެވެ.
މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.
ފްލޫ ކްލިނިކްތައް ހުންނަނީ ސެނެހިޔާ، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
ކޮވިޑްގެ އާ ވެރިއަންޓް ރާއްޖޭން ފެނުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޭސްތައް އިތުރުވަމުން އަންނައިރު ޓެސްޓުކުރާ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު މިއަދަކީ އެންމެ ގިނައިން ޓެސްޓްކުރި ދުވަހެވެ. އޮމިކްރޮން ފެނުނު ފަހުން އެއް ދުވަހަކު 7،000 އަށް ވުރެ ގިނައިން ޓެސްޓުކޮށްފައި ވަނީ އެންމެ ހަތް ދުވަހު އެވެ. އެންމެ ގިނައިން ވެސް ޓެސްޓްކޮށްފައި ވަނީ އިއްޔެ، 7،681 އެވެ. އަދި އިއްޔެ 2،707 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އެއީ 36 ޕަސެންޓެވެ.
އޮމިކްރޮން ވެރިއަންޓްގެ ވައިރަސް ފަސޭހައިން ފެތުރުނަސް ބަލީގައި ހާލު ދެރަވާ މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ވަރަށް މަދެވެ. އެއީ ކުރިން ކޮވިޑް ޖެހިފައިވާ މީހުންނާއި ކޮވިޑުން ދިފާއުވާން ވެކްސިން ޖަހާފައިވާ މީހުންނަށް ބަލި ޖެހޭތީ ފެންނަ ތަފާތަކަށް ވެދާނެ ކަމަށާއި މި ވެރިއަންޓާ މެދު ވެސް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި
ހަލުވިކަމާ އެކު ފެތެރޭ ކޮވިޑްގެ އޮމިކްރޮންގެ ވޭރިއަންޓްގެ ސަބަބުން ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ދުވާލަކު 6،000އަށް އަރާފާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ.
ކޮވިޑް އިތުރުވަމުން އަންނަ އިރު ރާއްޖެއިން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒަށް ފަހު ބޫސްޓަ ޑޯޒް ޖެހުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މިހާތަނަށް 369،252 އަށް ވުރެ ގިނަ މީހުން ކޮވިޑްގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު 52475 މީހުން ވަނީ ބޫސްޓަ ޑޯޒް ވެސް ޖަހައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
22 ދުވަސް ކުރިން
0
ވިނަރެސް ފްލެޓް ސަރަހައްދުން ދިރާގު އިންޓަނެޓް ކެނޑިއްޖެ، ހައްލުވާނެ ދުވަހެއް ނޭނގެ
24 ދުވަސް ކުރިން
0
ހިޔާގެ ލިސްޓުގައި ހިމެނި، ފްލެޓު ނުލިބުނު މީހުންނަށް ފްލެޓްތައް ލިބޭނެ: ރައީސް
27 ދުވަސް ކުރިން
0
ހިޔާ އަވަށުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެނުންގެ ދައުރު ފުޅާކުރުމުގެ ހެޔޮ ނަތީޖާ ފެނޭ: މެޑަމްސާޖިދާ
5 ގަޑިއިރު ކުރިން
0
މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި
5 ގަޑިއިރު ކުރިން
0
ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި
5 ގަޑިއިރު ކުރިން
0
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ
7 ގަޑިއިރު ކުރިން
0