
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެހާދިސާގައި ފައިބުރިވީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށް ކަމަށެވެ. އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 8:30 އެހާކަށް ހާއިރު އެވެ.މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.