ޚަބަރު
އެޗްޑީސީގެ ޗެއާމަން ޒުހޫރު މަގާމުން ވަކިކޮށްފި
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު ދެންމެ ވަކި ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ އެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރު ގައި މިނިސްޓަރު ކަމާއި ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ޒުހައިރު އެޗްޑީސީގެ ބޯޑުން ވެސް ވަނީ ވަކި ކުރައްވާފަ އެވެ.

ޒުހޫރު މަގާމުން ވަކިކުރެއްވިއިރު އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ވެސް ވަނީ މިއަދު ވަކި ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު