ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފި
އަހުމަދު އަކުރަމް
13 އޯގަސްޓް 2020 - 09:58
0 comments
މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު
މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އޭނާ ޖޫރިމަނާ ކުރީ ޕީޕީއެމްގެ ޚަޒާންދާރުގެ ހައިސިއްޔަތުން ކުރި ކަމެއްގެ ސަބަބުންނެވެ.ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައި ވާގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެއެވެ.ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައިނުވާކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފައެވެ.އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޕީޕީއެމްގެ ފައިސާގެ ހިސާބުތައް ބަލަހައްޓާފައިނުވާތީ ޕީޕީއެމްގެ އޭރުގެ ޚަޒާންދާރު އަހްމަދު މުސްތަފާ މުހައްމަދު ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކައި ޚަލާސްކުރުމަށް އެ ކޮމިޝަނުން ވަނީ އޭނާ އަށް އަންގާފައެވެ.
ކިޔުންތެރިންގެ ޝުއޫރު