ޚަބަރު
ޑރ. މުހައްމަދު އިބްރާހިމް އާއި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި، ޑރ. މުހައްމަދު އިބްރާހީމް އާއި އަލީ ރަޝީދު ހުސެއިން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ކޮމިޓީން އެ ދެބޭފުޅުންނަށް ރުހުންދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އެބޭފުޅުން ސުޕްރީމްކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގަައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ކުރެއްވި އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ދާއިރާގައި 16 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާތަނަށް ޕްރިމިއާ ޗެމްބާސްގެ ހިިއްސާދާރެއް ވެސް މެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު