ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ކޮވިޑް19: ރަނގަޅުވީ މީހުންގެ އަދަދު 22 މިލިއަނަށްވުރެ މައްޗަށް
ހަސަން ހަލީމް
18 ސެޕްޓެމްބަރ 2020 - 16:45
0
comments
Tweet
Telegram
މުޅި ދުނިޔެއިން އަލަށް ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހި ރަނގަޅުވީ މީހުންގެ އަދަދު 22 މިލިއަނަށްވުރެ މައްޗަށް އަރާ ބަލި ޖެހުނު މީހުންގެ އަދަދު 30 މިލިއަނުން މައްޗަށް ގޮސްފިއެވެ.
ކޮވިޑް-19 ދުނިޔޭގެ 213 ޤައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް މުޅި ދުނިޔެއިން 30،349،591 މީހަކަށްވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން 22،038،588 މީހުން ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑް19 ޖެހި މުޅި ދުނިޔެއިން 950،555 މަރުވި އިރު އެންމެގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ އެމެރިކާގައެވެ. އެމެރިކާއިން 6،874،596 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެ، ކޮވިޑް ޖެހިގެން އެމެރިކާއިން 202،213 މީހުންވަނީ މަރުވެފައެވެ.
ދެވަނައަށް އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ. އިންޑިއާގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުން
84،404 މީހުންވަނީ މަރުވެފައެވެ.
މިހާތަނަށް ޔޫރަޕުގެ ޤައުމުތަކުން އެކަނިވެސް 4.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި އެ ސަރަޙައްދުގެ ޤައުމުތަކުން މިހާތަނަށް މި ބަލީގައި 226,000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
ކޯވިޑް-19 ދުނިޔޭގެ އެތައް ޤައުމެއްގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ބަލިޖެހޭ މީހުންގެ ނިސްބަތް ތިންވަނައަށް އެންމެ ގިނައީ ބްރެޒިލްގައެވެ. ބްރެޒިލްއިން 4،457،443 މީހުންނަށްވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން 3،753،082 މީހުން ބަލިން ރަނގަޅުވެފައިވާއިރު 135،031 މީހުންވަނީ އެޤައުމުން މިބަލީގައި މަރުވެފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ހޫބޭއިން މިބަލި ފެނުނު ދުވަސްކޮޅު އެންމެ ބާރަށް ބަލި ފެތުރުނު ލިސްޓްގެ އެއްވަނާގައި އޮތް މިޤައުމު މިވަގުތު އޮތީ މި ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓްގައި 41 ވަނަ ޤައުމުގެ ގޮތުގައެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އޭޕްރިމަހުގެ ނިޔަލަށް 82 ހާހުގައި ހިފެހެއްޓިފައި އޮތްނަމަވެސް މިހާރު މިއަދަދު ވަނީ 85،255އަށް އަރާފައެވެ. ޗައިނާއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 80،456 މީހުން ބަލިންވަނީ ރަނގަޅުވެފައެވެ. ޗައިނާއިން މިބަލީގައި 4634 މީހުންވަނީ މަރުވެފައެވެ.
ޑަބްލިއުއެޗްއޯ އިން ލަފާ ކުރިވަރަށް ވުރެ އަވަހަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ކޮވިޑް-19ގެ ވެކްސިން ކާމިޔާބު ކޮށްފި ކަމަށާއި އެކަމުގެ ސަބަބުން ކޮވިޑުން މުޅި އިންސާނިއްޔަތު ސަލާމަތްވާނެކަމުގެ ގެރެންޓީ ގާތްގަނޑަކަށް މިހާރު ލިބިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ މިފަހުން ވިދާޅުވެފަ އެވެ. އެހެން ކަމުން މި ނުރައްކާތެރި ބަލިން ދުނިޔެ ސަލާމަތް ވުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާ ކާރުން ގަބޫލުކުރެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 މަސް ކުރިން
0
ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް އިތުރުވަނީ
1 އަހަރު ކުރިން
0
ދުންފަތް މަނާ ކުރުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއި ޔުނިސެފާ މަޝްވަރާ ކޮށްފި
1 އަހަރު ކުރިން
0
އޭސީސީގެ ތަހުގީގުތައް އަވަސްކުރަން ޕީޖީ އޭސީސީއަށް އަމުރުކޮށްފި
1 އަހަރު ކުރިން
0
ކޮވިޑުގައި ލިބުނު 4 ބިލިއަނަށް ވީގޮތެއް ނޭނގޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބުދަ ދުވަހު ނިންމަނީ!
29 މިނެޓް ކުރިން
0
އާޒިމްއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
2 ގަޑިއިރު ކުރިން
0
އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން
0
މެންޓަލް ހެލްތު ޑިޕާޓްމަންޓަށް މުވައްޒަފުން ހޯދަނީ
3 ގަޑިއިރު ކުރިން
0