ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ގެ ގޮނޑި ނުގެއްލޭ: ސުޕްރީމް ކޯޓް
އަލީ ރާޒީ
16 ނޮވެމްބަރ 2020 - 12:42
0
comments
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުން ދައުލަތުގެ އެހެން ވަޒީފާއެއް އޭނާ ގަބޫލު ކުރެއްވީ ކަމަށް ބުނެ އޭނާގެ މަޖިލިސް މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އައްސަދު ޝަރީފެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައިވާ ގޮތުން ގޮތުން ޔައުގޫބުގެ ގޮނޑި ނުގެއްލޭނެ އެވެ. އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަކީ ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ މެމްބަރުުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައި ވަނިކޮށް، މެމްބަރު ކޮށްގެން ނުވާނެ ކަންކަން ގަނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި އޮތުމުން، (ރ)ގައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް، މެމްބަރު ކަމުން ވަކި ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ޔައުގޫބު މެންބަރު ކަމުގައި ހުންނަވައިގެން ގަބޫލު ކުރެއްވި ވަޒީފާއަކީ މަޖިލީހުގެ މެންބަރުގައި ހުންނަވައިގެން އަދާ ނުކުރެއްވޭނެ ވަޒީފާއެއް ނޫން ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ދައުލަތުގެ އެހެން ވަޒީފާއެއް މަޖިލިސް މެމްބަރަކު އަދާ ކުރުމަކީ މަނާ ކަމެކެވެ. އެކަމަކު ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކުރުން ހިމަނާފައެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
21 ދުވަސް ކުރިން
0
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަނުކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި
26 ދުވަސް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
1 މަސް ކުރިން
0
ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު
1 މަސް ކުރިން
0
ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން: މަހާޒް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
29 ސިކުންތު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
7 މިނެޓް ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
19 މިނެޓް ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
2 ގަޑިއިރު ކުރިން
0