
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެޒްޓަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޕެންސިލްވޭނިއާ، މިޝިގަން، ޖޯޖިއާ އަދި ވިސްކޮންސިންގެ އިންތިޚާބުގައި އޮޅުވާލުންތަކެއް އޮތްކަމަށް ނިންމައި ދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ޓެކްސަސް އާއި އެއްވެސް ގުޅުމެއްނެތް މައްސަލައެއް ޓެކްސަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.މި ދައުވާ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެކޯޓުގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ދެކޮޅު ހައްދަވާފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުގެ މިއަމުރާއެކު ރިޔާސީ އިންތިހާބާގުޅޭ މައްސަލައެއް އެމެރިކާގެ އެއްވެސް ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ޓްރަމްޕަށް އެއްކޮށް ގެއްލިގެން ދިޔައީ އެވެ.