ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާކަށް ގަސްދެއް ނުކުރަން: ޑރ. ޝަހީދު
އަލީ ރާޒީ
19 މާޗް 2021 - 09:46
0
comments
ޑރ. އަހްމަދު ޝަހީދު
Tweet
Telegram
ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން އަދި ނުވިސްނާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ޓެގްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވަނީ ހުސްވި ހަފްތާގެ ޓްރެންޑުތައް ހިއްސާކުރައްވައިފަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޓްރެންޑުތަކަށް ބަލާއިރު އަދިވެސް މުޖުތަމައުގައި ކަންބޮޑުވާ ވަރަށް ބަލި އޮތް ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން މިވަގުތު ފިޔަވަޅުތަކަށް ލުއި ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް މިވަހުތަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ނުކުރަން ޓެގުން ނިންމާފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކޭސްތަކުގެ އަދަދު ދަށަށް ދާ ޓްރެންޑެއް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާޗު މަހުގެ ފުރަތަމަ ހަފުތާ އާއި ދެވަނަ ހަފުތާގައި ކޭސްތައް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، އެއްވަރެއްގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ،
"މިވަގުތަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް މިހާރު މިހިރަ ލެވެލްގައި ކުރިއަށް ގެންދަން ޓެކްނިކަލް ޓީމުން ނިންމާފަ މިއޮތީ. ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާކަށެއް އަޅުގަނޑުމެން ގަސްދެއް ނުކުރަން މިދަނޑިވަޅުގައި. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދަން ނިންމާފައި މިވަނީ،" ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ އަދިވެސް ހިތްހަމަޖެހޭ ވަރަށް، އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ދަށަށް ނުދާ ކަމަށެވެ. އަދި ޝަހީދު ވިދާޅުވީ މިހާރު ވެސް ކޭސްތަކުގެ އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ހާއްސަކޮށް ރެންޑަމްކޮށް މަގުމަތިން ނަގާ ސާމްޕަލްތަކާއި ރަށްރަށަށްދާއިރު ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ މަތީގައި ކަމަށެވެ.
"ބޭރުތެރެއިން، ތަންތަނަށް ފުރާމީހުން ނޫނީ ކޭސްތަކާ ގުޅުމެއް ނެތް ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު ނިސްބަތުން އިތުރު. މީގެން ބުނެދެނީ ބަލި އޮތް މިންވަރު. މި އަދަދު އެންމެ މަތިވީ ފެބްރުއަރީ މަހު. ނަމަވެސް ފާއިތުވި ހަފްތާފައި އަނެއްކާވެސް އިތުރު." ޑރ.ޝަހީދު ވިދާޅުވިއެވެ.
ހަމް އެއާއެކު، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ފެބުރުއަރީ މަހާ އަޅާބަލާއިރު މި މަހު ދަށްވެފައިވާ ކަމަށެެވެ. ފެބުރުއަރީ މަހު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަލީގައި މަރުވުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި، ފިޔަވަޅުތައް ވަރުގަދަ ކުރަން ވެސް ޖެހުނީ އެ ސަބަބާ ހެދި ކަމަށެވެ.
ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަދިވެސް ހުރީ ހަތް ޕަސެންޓުގަ އެވެ. އެޗްއީއޯސީން ބޭނުންވަނީ އެ އަދަދު ފަސް ޕަސެންޓަށް ވުރެ ދަށުގައި ބަހައްޓަން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ގުނަމުން މިދަނީ ކޮވިޑް-19ގެ ތިންވަނަ ރާޅެވެ. އެވަރެޖްކޮށް ކޭސްތަކުގެ ޢަދަދު ކޮންމެ ދުވަހަކުވެސް އުޅެނީ 100އިން މަތީގައެވެ. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22،000އިން މައްޗަށްވަނީ އަރާފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،433 މީހުންނެވެ. މިހާތަނަށް 19،642 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 121 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އިއްޔެ އިތުރު މީހަކު ވަނީ މަރުވެފަ އެވެ. އެއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަަދަދު ވަނީ 65 އަށް އަރައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 މަސް ކުރިން
0
އޭސީސީގެ ތަހުގީގުތައް އަވަސްކުރަން ޕީޖީ އޭސީސީއަށް އަމުރުކޮށްފި
4 މަސް ކުރިން
0
ޗައިނާގައި ފެތުރެނީ މޫސުމީ ބައްޔެއް: އެޗްޕީއޭ
6 މަސް ކުރިން
0
ކޮވިޑުގައި ލިބުނު 4 ބިލިއަނަށް ވީގޮތެއް ނޭނގޭ
11 މަސް ކުރިން
0
މެނިންގޮކޯކަލް ބަލި ރާއްޖޭގައި ނުފެތުރޭ: ހެލްތު މިނިސްޓަރީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެލާއި، ކެނަބިހާއި، ހެރޮއިން ހިމެނޭހެން 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
32 މިނެޓް ކުރިން
0
އަތޮޅުތެރޭގެ އޭޓީއެމްތަކަށް ހަތަރުމަސް ތެރޭގައި 1.3 ބިލިއަން ޖަމާކުރި
38 މިނެޓް ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
5 ގަޑިއިރު ކުރިން
0
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
6 ގަޑިއިރު ކުރިން
0