ޚަބަރު
މާލެ ސަރަހައްދުން ކޮންމެ 3 ސާމްޕަލަކުން 1 ސާމްޕަލް ޕޮޒިޓިވްވޭ: ޑރ. ޝަހީދު
މާލެ ސަރަހައްދުގައި ނެގެމުން އަންނަ ސާމްޕަލްތަކުން ކޮންމެ 3 ސާމްޕަލަކުން 1 ސާމްޕަލް ޕޮޒިޓިވްވަމުން އަންނަކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގައި އިސްކޮށް މަސައްކަތް ކުރައްވާ އެއް ޑޮކްޓަރުކަމަށްވާ ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގައެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލުން 741 ސާމްޕަލް ޕޮޒިޓިވްއެވެ. މިއަދު ތިން މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މިއީ 99 ވަނަ ކޮވިޑް މަރެވެ.

ހެލްތު އެމަރޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު މިރޭ ވިދާޅުވީީ މާލެ ސަރަހައްދުގައި އަދިވެސް ގިނަ އަދަދެއް ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން އަންނަކަމަށެވެ. އަދި އެއީ ވަރަށް ކަންބޮޑުވާކަމެއްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ފަހަކަސް އައިސް ނިޔާވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ 80 އަހަރުން މަތީގެ މީހުންކަމުގައިނީނަމަވެސް އެޑްމިޓްކޮށްގެންނާއި އަސީޔޫގައިވެސް މިހާރު ޒުވާން އުމުރުފުރާގެ މީހުންނަށް ފަރުވާދެމުންދާކަން ޑޮކްޓަރވަނީ ކަންބޮޑުވުމާއެކު ފާޅުކުރައްވާފައެވެ.

އަދި އެންމެ ފަހުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުނަކީ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައިވާ ބައެއްނޫންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"މިމަހުގެ 14، 15، 16 މިތިން ދުވަހު ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒް އެއް ލިބިފައިނުވާ މީހުންކަން ފާހަގަކޮށްލަން" ޑރ. ޝަހީދު ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީދު ވިދަޅުވީ މާލެ ސަރައްދުގައިއާ އެނޫންވެސް ރަށްރަށުގައި ބައެއް ވެކްސިންތައް މިހާރުވެސް ޖަހަމުންދާއިރު ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ޑޮކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އުމުރުފުރާ ތަކަށް ބިނާކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އޭގެ ތެރެއިން 1،663 ކުދިންނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ. 10-18 އަހަރާ ދެމެދުގެ 1،449 ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު، 18-39 އަހަރާ ދެމެދުގެ 7،495 މީހަކު އަދި 40-59 އަހަރާ ދެމެދުގެ 3،185 މީހަކު، 60 އަހަރުން މަތީގެ 927 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. އަދި އުމުރު ފުރާ ދެނެ ނުގަނެވޭ 284 މީހަކު ތިބި އިރު އޭގެ ތެރޭ ބިދޭސިން ވެސް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިވަގުުތު ޕޮޒިޓިވް ކޭސް ތަކަށް ބަލާއިރު އެންމެ ގިނައީ ދިވެހިންނެވެ. 12،013 ދިވެހިން މިވަގުތު ޕޮޒިޓިވް ވެފައިއެބަ ތިއްބެވެ. ބަންގްލަދޭޝްގެ 1،371 މީހަކު އަދި އިންޑިއާގެ 893 މީހަކު، ލަންކާގެ 205 މީހަކު އަދި ނޭޕާލްގެ 174 މީހަކު މިވަގުުތު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 262 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު 16 މީހަކު ތިބީ އައިސީޔޫގަ އެވެ. އެގެ ތެރެއިން 10 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު