ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ
އަލީ ރާޒީ
19 މެއި 2021 - 20:54
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
ފުލުހުން ވަނީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަޒްރާ ނަސީމަށް އަނިޔާކުރި މައްސަލައެކެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވާއިރު، އީސައާއި އަޒްރާ ދިރިއުޅެމުންދަނީ އެއް ގެއެއްގައެވެ.
ޖަޒީރާއަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށައެޅީ އީސަ ދިރިއުޅުއްވާ ގޭގެ އެހެން އެޕާޓްމެންޓެއްގައި އުޅޭ އަވަށްޓެރިއެކެވެ. އެނގިފައިވާ ގޮތުގައި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ އެ ގެއަށް ފުލުހުން ވެސް އައިސްފައިވެއެވެ.
މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތުހުމަތުވާ މީހެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ގަޑިއިރު ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
22 ގަޑިއިރު ކުރިން
0
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
2 ދުވަސް ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
3 ދުވަސް ކުރިން
0
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
10 ގަޑިއިރު ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
10 ގަޑިއިރު ކުރިން
0
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
16 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
17 ގަޑިއިރު ކުރިން
0