ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަލަށް އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް
މަރިޔަމް އަނާ
10 ޖޫން 2021 - 10:30
0
comments
Tweet
Telegram
ރާއްޖޭގައި އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާނަމަ ޖޫރިމަނާވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ. އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ ބިލްގެ ބަހުސް އަދި މަޖިލީހުގައި ނުފަށައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ކުއްޖަކު އުފަންވުމާއިއެކު މިގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުއްޖަކު ރަޖިސްޓްރީ ކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަދި މައިންބަފައިން ނެތްނަމަ ބަލަދުވެރިޔާގެ މައްޗަށް ލާޒިމް ކަމެކެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވުމާއިއެކު ރަޖިސްޓްރީ ވާން ދީފައި އޮތް އެއްހަފްތާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ -/10000 (ދިހަހާސް) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އުފަންވާ ކުއްޖަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވީ ކުއްޖެއް ނަމަ އެ ކުއްޖެއްގެ އުފަންވުން އެ ކުއްޖާ އުފަންވާ ގައުމުގައި ރަޖިސްޓްރީ ކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ހުށަހަޅަން ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި
3 ދުވަސް ކުރިން
0
މިއަދު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ
14 ދުވަސް ކުރިން
0
ހަތަރު މިލިއަން ރުފިޔާއަށް ކާނިވާ ސްޓޭޖު ތަރައްގީކުރުމުން ހުންނާނެ ގޮތުގެ ފޮޓޯ ދައްކާލައިފި
16 ދުވަސް ކުރިން
0
މާލޭޭގެ ޑެޕިއުޓީ މޭޔަރަކަށް ޕީއެންސީގެ އަރީޝް އިިންތިހާބުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
6 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
6 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
8 ގަޑިއިރު ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
12 ގަޑިއިރު ކުރިން
0