ކޮވިޑް-19އާ ގުޅިގެން މެއި އެއް ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ މޮނީޓަރިންގ ހާލަތު 80 ދުވަސް ފަހުން އުވާލައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ އަވަށްތައް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނީ މޮނީޓަރިން ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އަދި މޮނީޓަރިން ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް އައިސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ފަހުން، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ. މިގޮތަށް ދެވޭނީ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި އެއްރަށުން އަނެއް ރަށަށެވެ.މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ؛- ގދ. ތިނަދޫ- ފ. ފީއަލި- ޏ. ފުވައްމުލަކު- ގއ. ވިލިގިނލި- އއ. ތޮއްޑޫ- ރ. ދުވާފަރު- ގއ. ކޮނޑޭ- ހދ. ދިއްދޫ- ރ. މީދޫ- ކ. ގުރައިދޫ- ށ. ފޯކައިދޫ- ގދ. ނަޑެއްލާ- ކ. ކާށިދޫ- އއ. ރަސްދޫމިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށް ވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ޕޮޒިޓިވިޓީ ރޭޓް މައްޗަށް ގޮސްފި ނަމަ، ކަރަންޓީނުވާން ޖެހޭނެ އެވެ.އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް 5-10 އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ.ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު މަދުވެފައި ވާއިރު، ރަށްރަށަށް ދަތުރު ކުރުމަށް ޕީސީއާރް ޓެސްޓުގެ ނަތީޖާ ބޭނުންވާތީ ވަރަށް ގިނަ މީހުން އަންނަނީ ޓެސްޓުކުރަމުންނެވެ.