
އެނގިފައިވާ ގޮތުގައި މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ޕާސްޕޯޓް ކޯޓު އަމުރަކާ ގުޅިގެން ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކަށަވަރު ކޮށްދެއްވި ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވަ އެވެ."މެމްބަރު ޖާބިރުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި. މިދިޔަ ހަފުތާގައި ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވިއިރުވެސް ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ފުރާވަޑައިނުގެންނެވުން." ހަނަފީ ވިދާޅުވިއެވެ.ޖާބިރުގެ ޕާސްޕޯޓު މިދިޔަ ޖުލައި މަހުން ފެށިގެން ހިފަހައްޓާފައިވާ ކަން މީޑިއާ އަށް މި ތިލަވީ، މަޖިލީހުގެ އިދާރާގެ ކައިރިއަށް މިއަދު ހެނދުނު ވަޑައިގެން އަޑުގަދަކުރައްވައި، އެ އިދާރާގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އިހުތިޖާޖު ކުރައްވާފައި ވަނިކޮށެވެ.ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.