
ފުލުހުން މިއަދު ބުނީ ހ. ތިމާވެށި، ފަސްވަނަ ފްލޯއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.ހ. ތިމާވެށި ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގެކޮޅެވެ. އެކަމަކު، އޭނާ މިހާރު ވެސް ދިރިއުޅުއްވަނީ އެ ތަނުގައި ކަމެއް އަދި ވައްކަން ކުރީ އޭނާ ދިރިއުޅެމުން ދިޔަ ފަންގިފިލާއިން ކަމެއް އެނގިފައެއް ނުވެއެވެ.ފުލުހުން ބުނީ، ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީ ހުން ކަމަށް ފުލުހުން ބުންޏެވެ.ފުކުހުން ބުނީ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު ތިމާވެށި ގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، އެތަނުން އެކަކު ދިރިއުޅޭ ގެ އިން ފެނިފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެއެވެ. މި ތަކެތީގެ އަގު މިލިއަނަކަށް ވުރެ ބޮޑެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ ބަންދަށް 30 ދުވަސް އަނެއް މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.